ޢާންމު މަޢުލޫމާތު
ނަންބަރު: (A)CB-2013/578
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 17:06
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިލޭ ގުޅޭ ނަންބަރު 1414 އިން ޚިދުމަތްދޭ ގަޑިތައް
2013 ނޮވެންބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން، ޢާންމު ފަރާތްތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމާތު މި ކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރު 1414 އިން ފޯރުވައިދޭނެ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
- ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން ރޭގަނޑު 12:00 އަށް،
- ހުކުރު ދުވަހުގެ މެންދުރުފަހުގެ 02:30 ން ރޭގަނޑު 12:00 އަށް،
- ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވޭ ދުވަސްތަކުގައި، ޝަކުވާ ހުށަހެޅުމުގެ ގަޑި ނިމެންދެން (ރޭގަނޑު 12:00ގެ ފަސް ނަމަ) އަދި،
- އިންތިޚާބު އޮންނަ (2013 ނޮވެންބަރު 09 ވާ ހޮނިހިރު) ދުވަހުގެ ހެނދުނު 06:00 ން ވޯޓުލައި ނިމި، ވަގުތީ ނަތީޖާ އިޢުލާންކޮށް ނިމެންދެން
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ޛުލްޙިއްޖާ 1434
22 އޮކްޓޫބަރު 2013