ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2017/53)
ވަޒީފާގެ ފުރުޞަތު |
މަޤާމް: އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 2)
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/6,510 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މިއޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: 1.ލަންޑަން ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު އެސް.އެސް.ސީ "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި އެޑްމިނިސްޓްރޭޓިވް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
2. އެސިސްޓަންޓް ކޭސް އޮފިސަރ/އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް ގްރޭޑް 1 ގެ ކްލެސިފިކޭޝަންގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 20 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 28 އޮގަސްޓު 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
28 ޛުލްޤަޢިދާ 1438