ކުއްޔަށް ދިނުން
ނަންބަރު: (IUL)258/2017/61
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 30 އޮގަސްޓް 2017 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

އުތުރު ވީސީއޯ ޕްލާންޓް (ކާށިތެޔޮ ފެކްޓްރީ) ކުއްޔަށް ދޫކުރުމާއިބެހޭ

 

                   ހދ.ހަނިމާދޫ އުތުރު ވީސީއޯ ޕްލާންޓް( ކާށިތެޔޮ ފެކްޓްރީ) 10 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްކުރި 2 ވަނަ އިޢުލާން ، އިޢުލާން ނަންބަރު: 54/2017/258 (IUL) (03 އޮގަސްޓް 2017) އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިކޮށް، ތިންވަނަ ފަހަރަށް، ހަނިމާދޫ އުތުރު ވީސީއޯ ޕްލާންޓް ކުއްޔަށް ދިނުމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 27 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11.00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެވެ.  ޕްރޮޕޯސަލް ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   28 ޛުލްޤާޢިދާ 1438

                   20  އޯގަސްޓް 2017

20 އޮގަސްޓް 2017