މަޤާމް: ގަވަރނަންސް އޮޑިޓަރ
|
ބޭނުންވާ ޢަދަދު: 01 (އެކެއް)
|
ރޭންކް: MS-3
|
އަސާސީ މުސާރަ: -/7,035 ރ
|
ސަރވިސް އެލަވަންސް: -/2,000 ރ
|
ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
:އުޖޫރަޔާއި ޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/4,000 (ހަތަރުހާސް) ރުފިޔާ ދެވޭނެއެވެ.
|
:މަޤާމުގެ ޝަރުތު
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ހުރުން. ނުވަތަ،
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- ގުޑް ގަވަރނެންސްގެ އަސާސްތަކާ އެއްގޮތަށް ލާމަރުކަޒީ ނިޒާމުން ލޯކަލް ކައުންސިލްތައް ހިންގުމަށް ކުރަންޖެހޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން.
- ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުންމަށް ބޭނުންވާ މަސައްކަތްތައް ކުރުން.
- ކައުންސިލްތަކުގެ އިދާރީ ހިންގުން ހިނގާނުހިނގާ ގޮތް ބެލުމާއި، މާލީ މުއާމަލާތްތަކާއި މުދަލާއި ތަކެތި ހޯދަނީ މާލީ އުސޫލުތަކާއި އެއްގޮތަށްކަން ޔަގީންކުރުމަށްޓަކައި ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ލޯކަލް ކައުންސިލްތައް ހިންގުމުގައި ދުވަހުން ދުވަހަށް ދިމާވާ ކަންކަމާއި ގުޅޭ ގޮތުން އަންނަ މައްސަލަތައް ބަލާ އެކަންކަމަށް ހައްލު ހޯދުން
- ލޯކަލް ކައުންސިލްތައް ހިންގުމާއި ގުޅޭގޮތުން ދޭންޖެހޭ ތަމްރީންތަކަށް ބޭނުންވާ ޢިލްމީ އަދި ފަންނީ ކަރުދާސް ތައްޔާރުކުރުން.
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން
|
- މި މަޤާމަށް މީހުން ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.
|
ސުންގަޑި
|
- މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 23 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު: 3013143، 3006724 އިން ސާފުވާނެއެވެ.
|