ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/1/2017/38
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 07 ސެޕްޓެންބަރު 2017 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

ނަންބަރު: IUL)120/1/2017/38)


އިޢުލާން

2017 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުނު އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް (ސްޓޭޓްމަންޓް އޮފް ރިސަލްޓްސް) ދޫކުރުން.

2017 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާނުގެ ނަތީޖާ ސްލިޕް 2017 އޮގަސްޓު 20 ވަނަ ދުވަހުން ފެށިގެން 2017 ސެޕްޓެންބަރު 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 13.30އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެ ސެންޓަރަކުންނެވެ.  

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ނަތީޖާ ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައި.ޑީ ކާޑު ގެނައުމުންނެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2017 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ. ރީޗެކް ފީޝީޓު މިޑިޕާޓްމަންޓުންނާއި ސެންޓަރުތަކުން ލިބެން ހުންނާނެއެވެ.

 

24 ޛުލްޤައިދާ 1438

16 އޮގަސްޓު 2017

16 އޮގަސްޓް 2017