ދިވެހިރާއްޖެ
އިޢުލާން ނަމްބަރު : BAH/2017/04
ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމާއިގުޅޭ
ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރާނަން ބޭނުންވެއްޖެއެވެ.
ވީމާ ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 22 އޯގަސްޓް 2017 ދުވަހު 10.30 އަށް ބ. ކަމަދޫ ޞިއްޙިމަރުކަޒަށް ނުވަތަ ބ. އަތޮޅުހޮސްޕިޓަލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮގަސްޓް 2017 ބުދަ ދުވަހުގެ 10.30 އަށް ބ. ކަމަދޫ ޞިއްޙީމަރުކަޒަށް ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ.
24 ޛުލްގައިދާ 1437
16 އޮގަސްޓް 2017