ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-LA-1/28/2017/1
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:03
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

އިޢުލާން

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

      މިމިނިސްޓްރީގެ ނަންބަރު (IUL)28-LA-1/1/2016/52 (09 ޖޫން 2016) އިޢުލާނުގައި ހިމެނޭ، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އެރުވުން މަނާކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއަށް، ދިވެހިރާއްޖޭގެ ވޯޓަރ އެއިރޮޑްރޯމްތަކާއި، އެއަރޕޯޓްތަކާއި ވޯޓަރ އެއިރޮޑްރޯމްތަކުގެ އެޕްރޯޗް ޕާތުތައްކައިރީ ސަރަހައްދުތައް އިތުރުކޮށްފީމެވެ.

      ވީމާ، މިސަރަޙައްދު އިތުރުކުރުމުން، އަންނަނިވި ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓްކުރާނަމަ މިމިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންމެނުވީ އޮޕަރޭޓް ކުރުމަކީ މަނާކަމެއްކަން އަންގާ އިޢުލާން ކުރީމެވެ.

1-      މާލޭގެ ހުޅަނގުކޮޅު ރަސްފަންނު ސަރަޙައްދު ފިޔަވައި، މާލޭގެ އެހެން ހުރިހާ ސަރަޙައްދެއް.

2-      ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދު.

3-      ކ.އާރަށާއި، ގިރިފުށި، އަދި ސިފަވަރު (އުތުރު ތިލަފަޅު) ހިމެނޭ ސަރަޙައްދު.

4-      ޅ.މަޑިވަރު އަދި މާފިލާފުށި ހިމެނޭ ސަރަޙައްދު.

5-      ލ.ކައްދޫ ސިފައިންގެ މަރުކަޒު ހިމެނޭ ސަރަޙައްދު.

6-      ސ.ގަން ސިފައިންގެ މަރުކަޒު ހިމެނޭ ސަހަޙައްދު.

7-      ދިވެހިރާއްޖޭގެ ވޯޓަރ އެއިރޮޑްރޯމްތައް.

8-      އެއަރޕޯޓްތަކާއި ވޯޓަރ އެއިރޮޑްރޯމްތަކުގެ އެޕްރޯޗް ޕާތުތައް.

22 ޛުލްޤަޢިދާ 1438

14 އޮގަސްޓް 2017

15 އޮގަސްޓް 2017