މަސައްކަތް
ނަންބަރު: (IUL)13-K/13/2017/128
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 10 ސެޕްޓެންބަރު 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ހުށަހެޅުމުގެ ދަޢުވަތު

 ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ކޮންސްޓްރަކްޝަން ސުޕަރވިޝަން އޮފް ޕްރޮވިޝަން އޮފް ވޯޓަރ ފެސިލިޓީޒް އަންޑަރ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

(ލޯން ނަންބަރު 1669B)

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ އެދިލެއްވުމުގެ މަތިން، 9 ރަށެއްގައި (ބ.އޭދަފުށި، ތ.ވިލުފުށި، ހއ.ހޯރަފުށި، ހދ.ހަނިމާދޫ، ށ.މިލަންދޫ، ރ.އުނގޫފާރު، ދ.ކުޑަހުވަދޫ، ގއ.ވިލިނގިލި އަދި ތ.ގުރާއިދޫ) ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ މަސައްކަތްތައް ސުޕަރވައިޒްކުރުމަށްޓަކައި ސުޕަރވިޝަން ކޮންސަލްޓަންޓެއް ހޯދުމަށްކުރެވުނު ނަންބަރު: (IUL)13-K1/13/2016/208  އިޢުލާނަށް ހުށަހެޅިފައިވާ އަގުތައް މި ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ އެ އިޢުލާނު ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ދިވެހިރާއްޖެއާއި ރާއްޖެއިންބޭރުގެ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.  

2. މި ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ފެނުގެ ނިޒާމު އަމަލީ މަސައްކަތް ސްޕަރވައިޒް ކުރުން، ޕްރެލިމިނަރީ ޑިޒައިން ޗެކްކުރުން، މެޓީރިއަލް ޗެކްކުރުން، މަސަކަތްތައް ކޯޑިނޭޓްކުރުން، ފީލްޑް ސަރވޭތައް ސުޕަރވައިޒްކުރުން، ކޮލިޓީ ކޮންޓްރޯލް އަދި ކޮލިޓީ އެޝުއަރަންސް ޕްލޭން ހެދުން، ޕްރޮޖެކްޓް ކޮސްޓް ކޮންޓްރޯލް އާއި ޕްރޮޖެކްޓް ޕްރޮގްރެސް ކޮންޓްރޯލް ޕްލޭން ހަދާ އޮފިޑް ޕީ.އެމް.ޔޫއަށް/މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ރިޕޯޓްކުރުން ހިމެނެއެވެ. މީގެ އިތުރުން އެކްސެޕްޝަން ޓެސްޓްތައް ސުޕަރވައިޒްކޮށް ބޭނުންވާ ސެޓްފިކެޓްތަކާއި ރިޕޯޓްތައް ހަދާ ހުށަހެޅުން، އޮޕަރޭޝަންސް އަދި މެއިންޓަނަންސް މެނުއަލް ތައްޔާރުކުރުން، މީހުން ތަމްރީންކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތުގެ މުއްދަތަކީ 18 މަސް ދުވަހެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

5. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުން އެދެމެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 106 3349 960+ / 102 3349 960+

އީ މެއިލް: [email protected]

ކޮޕީ: [email protected]

15 އޮގަސްޓް 2017