މަސައްކަތް
ނަންބަރު: (IUL)321/321/2017/78
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 08:17
ސުންގަޑި: 24 އޮގަސްޓް 2017 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 ބަށިކޯޓް އަމިއްލަ ތަކެތީގައި އެޅުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން

01 ބަށިކޯޓް އަމިއްލަ ތަކެތީގައި އެޅުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި ޤާއިމުކުރެވޭ ބަށިކޯޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

  • ޕޮއިންޓް ދެވޭ އުޞޫލު:-

އަގު 70 އިންސައްތަ:  މާރކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

ތަޖްރިބާ 10 އިންސައްތަ:  މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ލިޔުންތަކާއެކު) މަސައްކަތުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށްފައިވާފަރާތަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ.

މުއްދަތު 20 އިންސައްތަ: މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅާ އެންމެ ކުރު މުއްދަކީ ބެންޗްމާރކެއްގެ ގޮތުގައި ބަލައިގެންނެވެ.

         ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެބަރ 10  ވާ އާދިއްތަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.

 

       ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

       22 ޛުލްޤައިދާ 1438  

14 އޮގަސްޓް 2017