މަސައްކަތް
ނަންބަރު: GS-215/IUL/2017/010
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 27 އޮގަސްޓް 2017 10:00
އިހައްދޫ ސުކޫލް
ދިވެހިރާއްޖެ
ދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމް ހޯދުމާގުޅޭ

އިހައްދޫ ސްކޫލް

  ލ.ގަން

 ދިވެހިރާއްޖެ

ނަންބަރ: GS-215/IUL/2017/010

 

 

 

މަސައްކަތް:  2018 ވަނަ އަހަރަށް މިސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނިފޯމް ހޯދުމާގުޅޭ

 

މަޢުލޫމާތު ކަރުދާސް

         މި މަސައްކަތަކީ އިހައްދޫ ސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ (ސެކަންޑް) ޔުނިފޯމް ލ.ގަމުން ދަރިވަރުންނަށް ލިބޭނެގޮތުގެ އިންތިޒާމް ޒިންމާދާރު ކަމާއިއެކު ކުރުމުގެ މަސައްކަތެވެ.

1 ކުރަންޖެހޭ މަސައްކަތް؛

1-        އެކްޓިވިޓީ ޔުނީފޯމް ތައްޔާރު ކުރައްވަންވާނީ އިހައްދޫ ސްކޫލުން ފާސްކުރިކަމަށް ތައްގަނޑު ޖަހާފައިވާ ކުރެހުމާއި އެއްގޮތަށެވެ.

2-        ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ސުރުޚީގައިވާ އިހައްދޫ ސްކޫލުގެ އެކްޓިވިޓީ (ސެކަންޑް) ޔުނީފޯމް އިހައްދޫ ސްކޫލުގެ ދަރިވަރުންނަށް ވިއްކުމުގެ ޚިދުމަތް ދިނުމުގެ ހުއްދަދެވޭނީ މިއެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުންފެށިގެން މީލާދި 3  (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މަތީގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މެދުނުކެނޑި މިޚިދުމަތް އިހައްދޫ ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދޭންވާނެއެވެ.

3-        ޔުނީފޯމް ތައްޔާރުކުރާ މެޓީރިއަލްގެ އަގަށްބަދަލެއް އައުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެކްޓިވިޓީ ޔުނީފޯމްގެ އަގަށް އެއްވެސް ބަދަލެއްގެންނަށް ޖެހިއްޖެ ހިނދެއްގައި އެފަދަ ބަދަލެއްގެނެވޭނީ ލިޔުމުން އިހައްދޫ ސްކޫލަށް އެންގުމަށްފަހު އިހައްދޫ ސްކޫލުން ލިޔުމުން ހުއްދަލިބިގެންނެވެ. ޕްރޮމޯޝަން އަކަށްޓަކައި އަގުހެޔޮކޮށް އެކްޓިވިޓީ ޔުނީފޯމް ވިއްކުމުގެ ހުއްދަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބިގެންވެއެވެ.

4-        އެކްޓިވިޓީ ޔުނީފޯމުގައި އިހައްދޫ ސްކޫލް ކުދިންގެ ބެޖްޖެހިފައި ހުންނަށްވާނީ ސްކޫލުން އެދަރިވަރުންގެ ސްކޫލް ޔުނިފޯމުގައި ބެޖްޖަހަން އަންގާފައިވާ ގޮތަށެވެ. އަދި ޕްރިފެކްޓުންގެ ބެޖް، ތަފާތު ލެވެލްތަކުގެ ބެޖް އެކުއްޖެއް މަޤާމާގުޅޭގޮތުން ޖަހަން ޖެހިއްޖެނަމަ އެކުއްޖެއްގެ އެކްޓިވިޓީ (ސެކަންޑް) ޔުނިފޯމުގައި ޖަހާފައި ހުންނަންވާނެއެވެ. ބެޖްހުންނަންވާނީ ޓީޝާޓްގެ ވާތްފަރާތުގައި ޖީބްހަރުކުރާ ދިމާގައި އެމްބްރޯއިޑްކޮށް ހެދިފައެވެ.

5-        ޚިދުމަތް ފޯރުކޮށްދޭފަރާތުން ޚިދުމަތް ފޯރުކޮށްދޭންވާނީ ލ.ގަމުގައެވެ.

6-        ޓީޝާޓްތައް ތައްޔާރުކުރެވިފައި ހުންނަށްވާނީ ހުދުކުލައިގެ ޖާޒީފޮތީ (ރޯޔަލް މެޝް) ގައި ނަމޫނާއާއި އެއްގޮތަށެވެ. އަދި ޓްރެކްސޫޓްތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ޓްރެކްސޫޓް ފޮތީގެ މެރިން ބުލޫ ކުލައިން ދެވިފައިވާ ނަމޫނާއާއި އެއްގޮތަށެވެ. ދެވިފައިވާ ނަމޫނާ އާއި އެއްގޮތަށް ޓީޝާޓް އަދި ޓްރެކްސޫޓް ތައްޔާރުކުރެވިފައި ހުންނަންވާނީ އަތްދިގު އަދި އަތްކުރުކޮށް  ސްމޯލް، މީޑިއަމް، ލާޖް، އެކްސްލާޖް އަދި އެކްސް އެކްސް ލާޖްއިންނެވެ. އަދި ޔުނީފޯމްއާއި އެކު ސާފު ހުދު ކުލައިގެ ބުރުގާވެސް ( ނަމޫނާ އާއި އެއްގޮތަށް ތައްޔާރު ކުރެވިފައި ހުރި ) ބޭނުންވެލައްވާ ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

 

2 އަގުތައް؛

1)      މި މަސައްކަތަށް އަގު ހުށަހަޅާނީ މި މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު ކަރުދާހާމެދު ފުންކޮށް ވިސްނައި، ދިރާސާ ކުރުމަށްފަހު އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެކަމަށް ފެންނަ އަގެކެވެ.

 

3 ކޮންޓްރެކްޓްގެ މުއްދަތު؛

1)      ކޮންޓްރެކްޓްގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

 

4 މަޢުލޫމާތު ސާފުކުރުމާއި ހުށަހެޅިފައިވާ ޕްރޮޕޯސަލްތައް ބަލައިގަތުމާއި ކެނޑުން؛

1)      އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

ހ- ހުށަހަޅާ ފަރާތާއި ބެހޭ ޕްރޮފައިލެއް.

ށ- އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ސިޓީ

ރ- ވިޔަފާރިކުރާ ފަރާތަކުންނަމަ ކޮމްޕެނީ، އިންވެސްޓްމަންޓް، ފިހާރަ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ، އަދި ޖީއެސްޓީ އަށްރަޖިސްޓްރީކޮށްފައިވާ ސެޓްފިކެޓް ކޮޕީ.

ބ- މީގެ ކުރިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދެއްވާފައިވާ މިފަދައެއްޗަކާއި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން އަންގައިދޭ އެހެނިހެން ލިޔުންތައް.

2)      މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިހައްދޫ ސްކޫލް ލައިބްރަރީ ގައެވެ.

3)      އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 27 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އިހައްދޫ ސްކޫލް ގައެވެ.

4)      އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ.

5)      އަންދާސީހިސާބު ހުށަހެޅޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ނޯޓްކުރާ ކަރުދާހުގައި މަޢުލޫމާތު ސާފުކުރި ފަރާތްތައް ކަމަށް ނޯޓްކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކުން ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ ނުވަތަ ނޯޓް ކުރެވޭނީ އެއްމެ ނަމެކެވެ.

6)      ހުށަހަޅާ އަންދާސީ ހިސާބުގައި މަސައްކަތް ކޮށްދެވޭނެ އަގު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހަޅުއްވަންވާނީ ދިވެހި ރުފިޔާއިންނެވެ.

7)      އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ.

8)      އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޟިރުވާން ވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

9)      ޚިދުމަތެއް ދިނުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން މަސައްކަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، އެއްއަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކަށް އެއްވެސް މަސައްކަތެއް ޙަވާލު ނުކުރުމުގެ އިޚްތިޔާރު އިހައްދޫ ސްކޫލަށް ލިބިގެން ވެއެވެ.

10)  މިއިޢުލާނާއި ގުޅިގެން އަންދާސީ ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އަންދާސީ ހިސާބު ބަލައި ނުގަތުމުގެ އިޚުތިޔާރު އިހައްދޫ ސްކޫލަށް ލިބިގެންވެއެވެ. އަދި ބަލައިގަތުމަށްފަހުވެސް ތިރީގައި މިދަންނަވާ ތަކެތި ނެތްނަމަ އެފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ސަބަބާއިއެކު އެކަން، އަންދާސީ ހިސާބު ހުށައެޅިފަރާތައް އަންގައި ދެވޭނެއެވެ.

ހ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ކޮޕީ، ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ، ނުވަތަކަމާގުޅޭ ގޮތުން ސަރުކާރުން ދެއްވާފައިވާ ހުއްދަ ސެޓްފިކެޓްގެ ކޮޕީ ނެތުން

ށ. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ސިޓީ ނެތުން އަދި ސިޓީގައި ސޮއިކޮށްފައިނެތުން

ނ. އަންދާސީ ހިސާބުފުރިހަމަ ވެފައިނެތުން / އަންދާސީ ހިސާބުތަކުގައި ސޮއިކޮށްފައިނެތުން

 

5 ޕޮއިންޓް ދޭ ގޮތް؛

 

1)       އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 75 މާކްސްއެވެ. މާކްސްދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

 

2)       މުއްދަތަށް 15 މާކްސް އެވެ. މާކްސްދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މަސައްކަތްނިންމޭނެ ކަމަށް ހުށަހަޅާ މުއްދަތަށް ބަލައި  އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.

 

3)       ތަޖުރިބާއަށް 10 މާކްސް އެވެ. (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ)

 

 

 

14 އޮގަސްޓް 2017

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

14 އޮގަސްޓް 2017