ދިވެހިރާއްޖެ
މި ކައުންސިލްގެ (IUL)341-ADMN/341/2017/28 ނަންބަރު އިޢުލާނައް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް މަޤާމައް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މަޤާމް: ޑްރައިވަރ
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/3470.00 ރުފިޔާ
ސަރވިސް އެލަވަންސް: -/1000.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
މަޤާމުގެ ޝަރުތު: މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ސަނަދެއް/ ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ބެލެހެއްޓުމާއި އޮޕްރޭޓްކުރުމާއި، ބެހޭ ކަންކަންކުރުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕް ދުއްވަންޖެހޭ ޤަވާއިދުން ދުއްވުން.
- ކައުންސިލްގެ ވެހިކަލް / ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލްއަޅާ، ފިލްޓަރު ބަދަލް ކުރުން ޖެހޭ މުއްދަތުގައި ފިލްޓަރު ބަދަލު ކުރުމާއި، ފޮޅާސާފުކުރުމާއި، ދޮވުން، ކިޓްކުރުން ފަދަ ސަރވިސް ދިނުމާއި، މިކަންކަން ކުރުމަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
- ތެޔޮޖަހަން ޖެހޭތަންތަނަށް ތެޔޮޖެހުން އަދި ފެންއަޅަންޖެހޭ ތަންތަނަށް ފެންއެޅުމާއި، އަޑީތެޔޮ ޗެކްކޮށް ޕިކަޕްގެ ބާއްވާ ގަރާޖް ފޮޅާ ސާފުތާހިރު ކަންމަތީ ބެލެހެއްޓުން.
- ރަށަށް ވަޑައިގަންނަވާ ދައުލަތުގެ އިއްޒަތްތެރިންނާއި، ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ މެހެމާނުންގެ ލަގެޖް ފަދަ ތަކެތި ގެންދަންޖެހޭ ތަންތަނަށް ގެންދިއުމާއި، އުފުލަންޖެހޭ މީހުން ކައުންސިލްގެ ޕިކަޕްގައި ނުވަތަ އެހެންވެސް ވެހިކަލެއްގައި އެއްތަނުން އަނެއްތަނަށް ގެންދިއުން.
- ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތުގައި ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުވާ އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
- އަދި މިނޫނަސް ވަޒީފާއާއި ގުޅޭގޮތުން ވެރިންއަންގާ އެންމެހާ ކަންކަންކުރުމާއި، އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
- ލިބިފައިވާ މަސައްކަތު ތަޖުރިބާ
- ލިބިފައިވާ ހުނަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އުކުޅަހު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ)
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 21 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 އެވެ. ފޯމު ހުށަހަޅާނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ އަށެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660536 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރަހަކީ [email protected] އެވެ.
18 ޒުލްޤައިދާ 1438
13 އޮގަސްޓް 2017