މުބާރާތް
ނަންބަރު: (IUL)177-A2/1/2017/13
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި:
24 އޮގަސްޓް 2017 14:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"48 ވަނަ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ" ގައި ބައިވެރިވުމުގެ ފުރުޞަތު
މިއަހަރުގެ ނޮވެމްބަރ މަހުގެ 20 އިން 28 އަށް އިންޑިއާގެ ގޯއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުރުޙީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ރާއްޖެއަށް ލިބިފައެވެ. މިފެސްޓިވަލްގައި ބައިވެރިކުރެވޭނީ 1 ސެޕްޓެމްބަރ 2016 އިން 31 އޯގަސްޓް 2017 ށް ނެރެފައިވާ ފިލްމްތަކެވެ.
ވީމާ، މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވާއި ހުށަހަޅަން ޖެހޭ ތަކެއްޗާއެކު 24 އޯގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ފެސްޓިވަލްގެ އުސޫލް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667 ނަންބަރު ފޯނަށެވެ.
10 އޮގަސްޓް 2017