ވަޒީފާގެ ފުރުޞަތު
ނަންބަރު: ASMH-HR/IUL/2017/06
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 22 އޮގަސްޓް 2017 14:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ކޭޝިއަރ މަޤާމަށް މީހަކު ހޯދުމަށް

މަޤާމް :ކޭޝިއަރ
ބޭނުންވާ އަދަދު :1

                                                  ނަންބަރު:   ASMH-HR/IUL/2017/06

                                                                

އިޢުލާން

މަޤާމް:    ކޭޝިއަރ

މަޤާމުގެ ނަންބަރު:   J-256854

ބޭނުންވާ ޢަދަދު:   01 ( އެކެއް )

ގިންތި:   ސަޕޯރޓް އޮފިސަރ

ރޭންކް:  ޖީ.އެސް. 3

ކްލެސިފިކޭޝަން:   އޮފިސަރ  ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ސެކްޝަން:   ޕަބްލިކް ރިލޭޝަންސް

އޮފީސް:  ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ގދ. ތިނަދޫ

މުސާރަ:  މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:  މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.

             2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން .

             3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ، ބަންދު ދުވަސްތަކުގެ ފައިސާ،

               ރިސްކް އެލަވަންސް.

     

މަޤާމުގެ މަސްއޫލިއްޔަތާއި، ވާޖިބުތައް:  1. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ފައިސާ ބަލައިގަތުމުގެ މަސައްކަތްތަކާއި، އާސަންދައިގެދަށުން

                         ބަލިމީހުންނަށް ބޭސްފަރުވާކުރުމާބެހޭ މުޢާމަލާތްތައް ކުރުން.

                       2. ބަލިމީހުންގެ އެޕޮއިންޓްމެންޓް ހެއްދުމާއި، ނަންބަރު ދޫކުރުން.

                      3. ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ޒިޔާރަތްކުރާ މީހުންނަށް މަގުދައްކައިދީ،

                         މަޢުލޫމާތު ދިނުން.

                      4. ހޮސްޕިޓަލަށް ލިބޭ އާމްދަނީ ފައިސާއާމެދު މާލިއްޔަތު ޤަވާޢިދާއެއްގޮތަށް ، އަދި ހޮސްޕިޓަލުން

                         ހަމަޖައްސާފައިވާ އުޞޫލަކާ އެއްގޮތަށް ޢަމަލުކުރުން.           

މަޤާމުގެ ޝަރުޠުތައް:   1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ،އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ،

               ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުނޓިންގ ޓެކްނީޝަން (ސީއޭޓީ)

                 ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައި

                 ވުމާއެކު،  އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް،  އެކައުންޓިންގ،އެކައުންޓިންގ އެންޑް ބިޒްނަސް،

               އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުނޓިންގ

              ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.   ނުވަތަ

              2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ''  ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ސެކްނަޑްރީ

                 ސްކޫލް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:   1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

                                      2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

                                      3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް: 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. )

               2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް   މުވައްޒަފުން، ކުރިމަތިލާ

                 މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ

                 އަދާކުރާ އޮފީހުގެ ލިޔުން.

               3. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގެ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ

ތަޢުލީމު ދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ

މަރުކަޒުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން

ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި

ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގޭ ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް، އެއޮފީހަކުން

ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އިންސްޓްޓިއުޓެއް، ނުވަތަ އަމިއްލަ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

6. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:   ވަޒީފާއަށް އެދޭ ފޯރމު މިހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް  އެދި ހުށަހަޅުއްވާ

ތަކެތި ހުށަހަޅުއްވާނީ 22 އޯގަސްޓް 2017 އަންގާރަ ދުވަހުގެ  14:00 ގެ ކުރިން މިހޮސްޕިޓލުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް

ނުވަތަ  ފެކްސްގެ ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގައި ބުނެފައިވާ ތަކެތި ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.                              

 

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:  މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2017 ސެޕްޓެމްބަރ ކުރީކޮޅުގައި އޮންނާނެއެވެ.

މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން އެތާރީޚަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. އިންޓަރވިޔޫ އޮންނާނީ މިހޮސްޕިޓަލުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:  މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި،

އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  %30 ( ތިރީސް އިންސައްތަ )

 

އިތުރު މަޢުލޫމާތު:   މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6841970 ފޯނަށެވެ.

އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ފެކްސް ކުރައްވާނީ 6841973 އަށެވެ.

 

                        22 ޛުލްޤަޢިދާ 1438

                        14 އޯގަސްޓް 2017

 

14 އޮގަސްޓް 2017