ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/1/2017/262
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 21 އޮގަސްޓް 2017 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:                ލީގަލް އޮފިސަރ

މަޤާމްގެ ނަންބަރ:          257931-J

ބޭނުންވާ އަދަދު:           01  (އެކެއް)

މަޤާމްގެ ގިންތި:           ވަގުތީ

މަޤާމްގެ ރޭންކް:           ސީ.އެސް 2-9

މަޤާމްގެ ކްލެސިފިކޭޝަން :     ލީގަލް ސަރވިސް ޕްރްފެކްޝަނަލް

ސެކްޝަން:              ކޯޕަރޭޓް ސަރވިސަސް

މަޤާމް އޮތް އޮފީސް:         މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:     މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ :               -/10020 ރުފިޔާ

ސަރވިސް އެލަވަންސް:        -/3600 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:    އަސާސީ މުސާރައިގެ %35

އިތުރު އިނާޔަތްތައް:          1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                     2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                     3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.                     

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1.  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި، ހުށަހެޅޭ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުން.

2.  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދާއިރާގެ ސްކޫލްތަކާއި، އެހެނިހެން ޑިޕާރޓްމެންޓް ތަކާގުޅޭގޮތުން ޝަރުޢީ ކޯޓްތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކުގައި އެވަގުތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

3.  ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އެ މިނިސްޓްރީގެ ދަށުން ހިނގާ    ތަންތަނާގުޅޭ މައްސަލަތަކުގައި، މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީގެ ފަރާތުން ވަކާލާތުކުރުން.

4.  މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ދަށުން ހިނގަމުންދާ ސްކޫލްތަކާއި، ޑިޕާރޓްމެންޓް، ޑިވިޜަން އަދި ސެކްޝަންތަކުން ޢަމަލުކުރުމަށްޓަކައި ތައްޔާރުކުރެވޭ އެކިއެކި އުސޫލުތައް އެކުލަވައިލުމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން.

5.  މިދާއިރާގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުންނާގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިރާސާކުރަންޖެހޭ ލިޔުންތައް ދިރާސާ ކުރުމާއި ޤާނޫނީ ލަފާދިނުން.

6.  މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހާ ތަންތަނުގެ ފަރާތުން ދަޢުވާ އުފުލުމާއި، އެތަންތަނުގެ މައްޗަށް ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެޓަނީ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ލިޔެކިޔުންތަކާއި މަޢުލޫމާތު ހޯދާދިނުން.

7.  ވަޒީފާ ބަޔާނުގައި ހިމެނޭ މަސައްކަތްތަކާގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، ސިއްރު ހިފެހެއްޓުން.

8.  މީގެ އިތުރުންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ސްޕަވައިޒަރ ޙަވާލުކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

ޝަރުތު:                                                  

ޤާނޫނީ ރޮނގުން ނުވަތަ ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ  21 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

13 އޮގަސްޓް 2017