ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2017/736
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 23 އޮގަސްޓް 2017 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކެޕްޓަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

ރައްޔިތުންގެ ނަފާ ދޯނީގެ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑާއި ވަޒީފާ ބަޔާނަށް ބަދަލުގެނެވި އެމަޤާމުތަކަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވާތީ، އެގޮތުގެމަތީން މިދަންނަވާ މަޤާމަށް މުއައްޒަފަކު ބޭނުންވެއެވެ.

މަޤާމް:               އެސިސްޓެންޓް ކެޕްޓަން

ބޭނުންވާ އަދަދު:          1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:    " ނަފާ " ދޯނި

މުސާރަ:               8000.00 ރުފިޔާ

ކޮއްތު:                2000.00 ރުފިޔާ

މަޤާމް ޝަރުތުތައް:

1. ކަނޑުގައި ދުއްވާ އިންޖީނުއެޅި އުޅަނދުފަހަރުގެ ލައިސަންސް އޮތުމާއެކު ނިޔަމިކަމުގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.

2. ޢުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

3. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެގުން.

4. ކަނޑުމަތީގައި ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ޞިއްޙަތެއް ލިބިފައިވުން

5. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.   ދޯނީގެ ކެޕްޓަން ނެތްހިދެއްގައި ދޯނި ދުއްވުމާއި އެންމެހައި ކަންތައްތައް ހިންމަފުށީ ކައުންސިލުން އަންގަވާ ގޮތެއްގެމަތީން ފަޅުވެރިންނާއި ގުޅިގެން ބަލަހައްޓާ، އިސްވެ ކުރުން.
  2.   ދޯނީގެ އެންމެހައި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.
  3.   ދޯނި ސާފުތާހިރުކޮށް ބެލެހެއްޓުން.
  4.   ދޯނީގައި ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަންޖެހޭ ގަޑިތަކުގައި ފަރުވާތެރިކަމާއެކު ކުރުން.
  5.   ދޯނީގައި ކުރަންޖެހޭ ޢާއްމު ދަތުރުތަކުގެ އިތުރަށް އިމެޖެންސީގެ ގޮތުގައި ކުރަންޖެހޭ ދަތުރުތައް ކުރުން. 
  6.   ދޯނީގެ އިންޖީނު ސާފުކޮށް ތެޔޮއަޅާ ޤަވާޢިދުން ބެލެހެއްޓުން.
  7.   ދޯނި ދަތުރަށް ފުރަންވުމުން ފަޅުވެރިންނަށް އެކަން އެންގުން.
  8.   ރަށެއްގެ ބަނދަރުގައި ދޯނި އޮންނައިރު ދޯނި ބެލެހެއްޓުމަށްޓަކައި، މަދުވެގެން އެކަކު ދޯނީގައި ހުންނަގޮތަށް ހަމަޖެއްސުން.
  9.   ދޯނި އެހެލާ ބޭލުމުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  10.   ދޯނި އަޅާއިރު މޫސުމަށް ބަލައިގެން ދޯންޏަށް ގެންލުމެއް ނުލިބޭފަދަ ގޮތަކަށް ވާއަޅާ ބެލެހެއްޓުން. 
  11.   ދޯނި ކުއްޔަށް ހިފާ ފަރާތުން އަންގަވާ އެންގެވުންތަކާއި އެއްގޮތަށް ގެންދަވާ އެންމެހާ މުދަލާއި، ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.   
  12.   ދޯނީގައި ދަތުރުކުރާމީހުން ދޯންޏަށް ނުވަތަ ދޯނީގެ ތަކެއްޗަށް ގެއްލުމެއްދޭތޯ ބެލުމާއި، ޤަވާޢިދާއި ޚިލާފުކަމެއް ކުރާތަން ފެނިއްޖެނަމަ އެކަމެއް ހުއްޓުވާ، ކައުންސިލް އިދާރާގެ ވެރިއަކަށް އެކަން އެންގުން.
  13.   ދޯނީގެ ދަތުރެއް ނެތް ހިދެއްގައި ކައުންސިލް އިދާރާއިން އެވަގުތަކު އަންގާކަމެއް ކުރުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

     (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލް އިދާރާގަ އެވެ.

     (ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 23 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00  ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށް.

އުޖޫރައާއި އިނާޔަތްތައް:

  •    ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  •  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންނާ ލިއުންތައް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

13 އޮގަސްޓް 2017