ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2017/ 93
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 20 އޮގަސްޓް 2017 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                 

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

އިންޓާރނަލް އޮޑިޓް ޑިޕާރޓްމަންޓް

މަޤާމް:

ޗީފް އިންޓާރނަލް އޮޑިޓަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ދާޢިމީ – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޢަސާސީ މުސާރަ:        

30،000.00ރ.

ޚާއްސަ އެލަވަންސް:      

10،000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް : 

ހަމަޖެހިފައިވާ އުޞޫލުގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • ޕްރޮފެޝަނަލް ސަނަދެއް ލިބިފައިވުން (ސަރޓިފައިޑް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ)/އޭ.ސީ.ސީ.އޭ/ސަރޓިފައިޑް ޕަބްލިކް އެކައުންޓަންޓްސް (ސީޕީއޭ) ނުވަތަ
  • އެކައުންޓިންގ / އޮޑިޓިންގ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ މި މަޤާމުގެމަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މި ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައި ވުން.
  • 'އޮޑިޓް އެންޑް އެޝުއަރަންސް' ދާއިރާގައި މަދުވެގެން 06 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު ސީނިއަރ މެނޭޖްމަންޓް ގެ މެނެޖީރިއަލް މަޤާމެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އޮޑިޓް އެންޑް އެޝުއަރަންސް، ކޯރޕަރޭޓް ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ބަޖެޓިންގ، ސޭލްސް، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސްޓްރެޓެޖިކް ޕްލޭނިންގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލިއްޔަތު ލިބިފައިވުން.
  • ބަރޯސާވެވޭނެ ނަތީޖާ ނެރެވޭފަރާތަކަށްވުން.
  • އިގިރޭސި އަދި ދިވެހި ބަހުން މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މީހުންނާއި އެންމެ ރަގަޅަށް މުއާމަލާތުކުރުމާއި އާންމު ތަންތަނުގައި ވާހަކަ ދެއްކުން އަދި ޕްރެސެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓްއިން ލިބިލައްވާނެއެވެ.

 

            ވީމާ މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޯގަސްޓް 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. "ޖޮބް އެޕްލިކޭޝަން ފޯރމް"  ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

 

ފެކްސް ނަމްބަރ:   3221 332  / އީމެއިލް:     [email protected]

ނޯޓް:ހުށަހަޅުއްވާފައިވާތަޢުލީމީ ސަނަދުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޟިރުވެ ވަޑައިގަންނަވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ދައުވަތު އެރުވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

09 އޯގަސްޓް 2017

09 އޮގަސްޓް 2017