ޢާންމު މަޢުލޫމާތު
ނަންބަރު: GS96/2017/154
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:57
ސުންގަޑި: 23 އޮގަސްޓް 2017 00:00
ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ވަޅުލުން

އިޢުލާން

ކުމުންދޫ ސްކޫލުގެ ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް


އަންދާސީހިސާބު ބޭނުންވެއްޖެ

 

  •      ފައިބަރ އޮޕްޓިކް ކޭބަލް ވަޅުލުން

 

 

      ހދ. ކުމުންދޫ ސްކޫލުގެ ފައިބަރ އޮޕްޓިކް ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކުމުންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ކުމުންދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 އޮގަސްޓް 2017 (ބުދަ) ދުވަހުގެ 13:30 އަށް

27 އޮގަސްޓް 2017 (އާދިއްތަ) ދުވަހުގެ 13:30 އަށް

 

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6520531 ، 7520531 ނަންބަރު ފޯނާއެވެ.

 

21 ޛުލްޤައިދާ  1438

13 އޮގަސްޓް  2017

13 އޮގަސްޓް 2017