މަސައްކަތް
ނަންބަރު: (IUL)311/311/2017/32
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 08:06
ސުންގަޑި: 16 އޮގަސްޓް 2017 13:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ފަލާޙްގެ ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ފަލާޙްގެ މިހުރާބުގޭ ބޭރުގެ 2 ފަރާތު ކޮޅުފިލާ ބަދަލުކޮށް، މިސްކިތު ވަޅުގެ ތަޅުންގަނޑު އުސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 16 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ  މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 21 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.      

10 އޮގަސްޓް 2017