ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް ސޯޝަލް ސަރވިސް ވޯކަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J- 251220  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 GS 4  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 ސެކްޝަން  | 
 ގއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ  | 
| 
 މަޤާމު އޮތް އޮފީސް:  | 
 މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ގއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ  | 
| 
 މުސާރަ:  | 
 މަހަކު -/5020 ރުފިޔާ  | 
| 
 ސަރވިސް އެލެވަންސް:  | 
 މަހަކު -/1500 ރުފިޔާ  | 
| 
 އިތުރު ޢިނާޔަތްތައް:  | 
  | 
| 
 މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1) އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) އިން ކުރަންޖެހޭ އެންމެހާ އިދާރީ ކަންކަމުގައާއި، އެތަން ތަނުން ފޯރުކޮށްދޭ އެންމެހާ ކަންކަން ރާވާ ހިންގުމުގައި އިސް މީހަކު ނެތްނަމަ ވަގުތީ ގޮތުން އެ މަސައްކަތުގައި ޙަރަކާތްތެރިވުން. 2) ކުޑަކުދިންނާއި، އަންހެނުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާއެއްދީގެން ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ފަދަ ކަމެއް ކޮށްގެން އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ ކޭސްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން. 3) ސޯޝަލް ސަރވިސްގެ ދާއިރާއިން އަތޮޅުގައި ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި ބައިވެރިވުމާއި، އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުން. 4) ސެންޓަރަށް ހުށަހެޅޭ މައްސަލްތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ހޯމް ވިޒިޓްތައް ހަދާ މައްސަލައިގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދިނުން. 5) އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އަތޮޅު ތެރެއަށް ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އަދި ގޭގެއަށް ޒިޔާރަތް ކޮށްގެން މައްސަލަތަކުގެ ޙާލަތު ދެނެގަތުން. 6) އެފް.ސީ.އެސް.ސީ އަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރު ކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 7) ކޯޓުތަކުގައި ހިންގާ ކުޑަކުދިންނާ ބެހޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި، ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރުން. 8) މިނިސްޓްރީ އާއި ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް އަތޮޅުތަކުގައި ހިންގުން. 9) މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 ނުވަތަ 
 ނުވަތަ 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:  | 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ގއ. އެފް.ސީ.އެސް.ސީ އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 އޮގަސްޓް އަދި 2017 ސެޕްޓެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވުވެގެން ތިބުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 30%(ތިރީސް އިންސައްތަ).  | 
| 
 އިތުރު މަޢުލޫމާތު ހޯދުން:  | 
 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.  | 
| 
 
  | 
 18 ޛުލްޤަޢިދާ 1438ހ 10 އޮގަސްޓް 2017މ  |