ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2017/189
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 16 އޮގަސްޓް 2017 13:30
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ސަލްޓަންޕާކްގައި ބާއްވާ ރަސްމިއްޔާތުގައި 700 މީހުންނަށް ރޭގަނޑު ފަރިއްކޮޅެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި މިނިސްޓްރީގެ ފަރާތުން ސަލްޓަންޕާކްގައި ބާއްވާ ރަސްމިއްޔާތުގައި 700 މީހުންނަށް ރޭގަނޑު ފަރިއްކޮޅެއް ހަމަޖައްސައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ.

 

   ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

  މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 އޮގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 13:45 އިން ފެށިގެން 2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ281 4-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

10 އޮގަސްޓް 2017