ދިވެހިރާއްޖެ
މި ކައުންސިލާއި މ.ދިއްގަރު ކައުންސިލާއި ގުޅިގެން މި ރަށުގެ މުއައްސަސާތަކުގައާއި ގޭގޭގައި ނައްތާއިލާން ބޭނުންވެ ނައްތައިނުލެވިފައި ހުރި ބާ ޚަތިމާއި ޤުރުޢާން ލިޔެފައިވާ ލިޔުންތައް ނައްތައިލުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ބާ ޚަތިމާއި ޤުރުޢާން ލިޔެފައިވާ ލިޔުންތައް ނައްތާލުމަކީ ވަކި ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކުރިޔަށް ގެންދަން ޖެހޭ ކަމެއް ކަމަށްވާތީ ، މިކަމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުމުގައި ޢާންމުންނަށް އެހީތެރިކަން ދިނުމަކީ މި ޕްރޮގްރާމްގެ މަޤްޞަދުކަމުގައި ދަންނަވަމެވެ.
ވީމާ ، މި ޕްރޮގްރާމުގް ދަށުން ބާ ޚަތިމާއި ޤުރުޢާން ލިޔެފައިވާ ލިޔުންތައް ނައްތައިލުމަށް ބޭނުންވާ ފަރާތްތަކުން 28 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ނައްތާލަން ބޭނުންވާ ތަކެތި ޙަވާލުކުރުމުގެ ކަންކަން ކުރިޔަށް ގެންގޮސް ނިންމަވައިދެއްވުމަށް ދަންނަވަމެވެ. މި ޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ މި އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޢާޡިމް ޢަލީ 9775694 އާއި ގުޅުއްވާ ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.