ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (3 މަހުގެ މުއްދަތަށް) |
މަޤާމް ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ ކުލެސިފިކޭޝަން |
އޮފިސަރ ގުރޭޑް 1 |
ސެކްޝަން: |
އިދާރީ ސެކްޝަން |
މަޤާމް އޮތް އޮފީސް: |
ބަނޑިދޫ ސްކޫލް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ބަނޑިދޫ ސްކޫލް / ދ.ބަނޑިދޫ |
މުސާރަ: |
4465.00ރ. |
ސަރވިސް އެލަވެންސް: |
1500.00ރ. |
އިތުރު އިނާޔަތްތައް: |
v ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. v ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. v ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ (މީގެ އިތުރުން ދިވެހި ސިވިލް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން އިނާޔަތްތަށް) |
ދާއިރާ |
v އެޑްމިނިސްޓްރޭޝަން. v މެނޭޖްމަންޓް v އިންފޮމޭޝަން ޓެކްނޮލޮޖީ v ހިއުމަން ރިސޯސް މެނޭޖްމަންޓް |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: v ވަޒީފާ ބަޔާން ތައްޔާރު ކުރުން. v ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްތައް ކުރުން އަދި ސީ.އެސް. ވިއުގައަށް އެޅުމާ އަޕްޑޭޓް ކުރުން. v ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެތަކެތި އެންޓްރީކުރުމާއި، ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމާއި، ސިޓީފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވައި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން. v ސްކޫލްގައި މަސައްކަތްކުރާ ބިދޭސީޓީޗަރުންގެ ވާރކް ވިސާގެ އެންމެހާ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުން v ސްކޫލްގެ އެންމެހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އަންނަ ބަދަލުތަކާއި، މުސާރައިން އުނިކުރަންޖެހޭ ސްކީމްފަދަ ބައިތަށް އަޕްޑޭޓް ކުރުން. v ހިއުމަން ރިސޯސް ސެކްޝަންއަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން. v އެޕްރައިޒަލް އާއި ގުޅުން ހުރި މަސައްކަތްތައް ކުރުން. v އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. v މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ހާޟިރީ ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން. v ސްކޫލުން ފާހަގަކުރާ އެކި އެކި ދުވަސްތައް ފާހަގަކުރުމުގައި ކުރަންޖެހޭ ކަންތައްތަށް ކުރުމުގައި އިދާރާއަށް އެހީތެރިކަން ދިނުން. v އޯލެވެލް އިމްތިހާނުގެ ރެކޯޑްތައް ބެލެހެއްޓުން. v ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔަރުކުރުމުގައި އިދާރާއަށް އެހީތެރިކަން ދިނުން. v ސްކޫލް އޮފީސް ހުޅުވާ ލެއްޕުން. |
މަޤާމުގެ ޝަރުޠުތައް: 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ގެއޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ: 2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢިލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދައު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް މި ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ދ. ބަނޑިދޫ ސްކުލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ޕޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ. |
އިންޓަވިއުކުރުން އޮންނާނެ ތަނާއި މުއްދަތު: މި މަޤާމަށް މީހުން ހޮވުމަށް ބޭއްވާ އިންޓަރވިޔު އޮންނާނީ 18 އޯގަސްޓް 2017 އިން 25 އޯގަސްޓް 2017 އާއި ދެމެދުގައި ބަނޑިދޫ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓްކުރުން މި ވަޒީފައަށް އެދި ހުށަހަޅާ. ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެން ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސަތަ 30% (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 7952916 އަށް ގުޅުއްވުންއެދެމެވެ. މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |