ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2017/154
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 20 އޮގަސްޓް 2017 15:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ގުދަނެއްކުއްޔަށް ހިފުމާއިބެހޭ

                     މިކުންފުނީގެ ބޭނުމަކަށް 750 -1000 އަކަފޫޓާއި ދޭތެރޭގެ ބޮޑުމިނުގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 20 އޮގަސްޓް 2017ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 3 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 އޮގަސްޓް 2017 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

ޢިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ކ.މާލެ

 

ކުއްޔަށް ދޫކުރަން ބޭނުންވާ ގުދަނާ ބެހޭ ތިރީގައިވާ ތަފްޞީލް ހުށަހެޅުން

  • ގުދަނުގެ ބޮޑުމިން
  • ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ޢިމާރާތް ހުރި ސަރަހައްދު
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
  • ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރެއްޖެނަމަ ރަގަޅު
  • ·         ޢިމާރާތުގެ ސަލާމަތީ ފެންވަރު

 

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން

މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30 
09 އޮގަސްޓް 2017