ޢާންމު މަޢުލޫމާތު
ނަންބަރު: D4-CIR/2017/80
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 13 އޮގަސްޓް 2017 00:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކާގޯ ޓަރމިނަލުން ދެމުންގެންދާ ޚިދުމަތްތަކުގެ އަގަށް ބަދަލުގެނައުން

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކާގޯ ޓަރމިނަލުން ދެމުންގެންދާ ޚިދުމަތްތަކުގެ އަގަށް ބަދަލުގެނައުން 

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިކުންފުނިން ދެމުންގެންދާ އެއަރ ކާގޯގެ ޚިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ. މިގޮތުން ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އަދި މި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތްތަކުގެ ފެންވަރާއި މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ގޮތުގައި މިޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ޚިދުމަތްތަކަށް ނަގަމުންދާ އަގުތައްވަނީ މުރާޖާކުރެވިފައެވެ.

 

މުރާޖާ ކުރެވިފައިވާ އަގުތަކަށް ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2017 ގެ 00:00 ން ފެށިގެންނެވެ. އަދި ޚިދުމަތްތަކުގެ އަގަށް ގެނެވިފައިވާ ބަދަލުގެ މައުލޫމާތު 07 އޯގަސްޓް 2017 އިން ފެށިގެން މިކުންފުނީގެ ކާގޯ ސަރވިސް ގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ. މި ފުރުސަތުގައި މިފަދަ ކަންކަމުގައި ކަސްޓަމަރުން މިކުންފުންޏަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

08 އޮގަސްޓް 2017