ދިވެހިރާއްޖެ
އިޢުލާން
މި އަތޮޅު އަތޮޅު ލޯންޗް "މާވަރު"ގައި ބޭނުންކޮށްފައިވާ އައުޓްބޯޑް ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ އެވެ.
މި ނީލަން ކުރިއަށްދާނީ، 2017 އޮގަސްޓް 10 އިން 2017 ސެޕްޓެމްބަރ 25 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެ އެވެ.
ދެއިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6660606 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.
ވީމާ، މި ދެ އިންޖީނު ނީލަމުގައި ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2017 އޮގަސްޓް 10 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން މި އިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.
މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، [email protected] އަށެވެ.
ބާވަތް |
ޢަދަދު |
ހާލަތު |
ފެށޭއަގު |
މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަދަދު |
އައުޓްބޯޑް އިންޖީނު މޮޑެލް: EVINRUDE, E225DCX ހޯސްޕަވަރ:225 |
2 |
އެއް އިންޖީނު ރަނިން ކަންޑިޝަނުގައި. އަނެއްއިންޖީނުގެ މައްސަލަ ޖެހިފައި |
-/200,000 ރުފިޔާ |
-/10,000 ރުފިޔާ |