ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2017 | 024
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 13 އޮގަސްޓް 2017 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކްލެއިމްސް ޕްރޮސެސިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: ކްލެއިމްސް ޕްރޮސެސިންގ

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  2. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  3. ދިވެހިބަހާއި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން
  4. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި އަދި ލިބޭ އިންވޮއިސްތައް ގުޅުންހުރި ޑިޕާޓްމެންޓަށް ފޮނުވުން
  2. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ހަމަޖެހިފައވާ އުސޫލުގެ ތެރެއިން ބެލެހެއްޓުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވޮއިސްތަކާއި ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
  3. އާސަންދަ ކުންފުނީގެ ތަފާސްހިސާބު ޔުނިޓުގެ މަސައްކަތް މޮނިޓަރކޮށް ބެލުން
  4. އިންވޮއިސްގެ ޞައްޙަކަން ޕޯޓަލް މެދުވެރިކޮށް ބަލައި ޗެކްކުރުން
  5. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް ނިންމައި އިންވޮއިސްތައް ޕްރިންޓްކުރުމާއި، ސްކޭންކުރުމާއި އަދި ފައިލުކުރުން
  6. ކުންފުނީގެ އުސޫލާ އެއްގޮތަށް ފޮނުވާފައިވާ އިންވޮއިސްތައް ހުއްދަ ލިބެންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން އެކައުންޓްސް އެން ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން
  7. ފައިސާ ދެއްކިފައިވާ ނުވާ އިންވޮއިސްތަކުގެ ރިޕޯޓުތައް ސްޕަވައިޒަރެއްގެ ލަފައާއެކު ތައްޔާރުކުރުން
  8. ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2017 އޮގަސްޓު 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

08 އޮގަސްޓް 2017