ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)301/301/2017/35
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 17 އޮގަސްޓް 2017 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާއަށް ވޮޗަރުން ބޭނުންވެއްޖެއެވެ.

މަޤާމު: ވޮޗަރ

ބޭނުންވާ ޢަދަދު: 02 

މުސާރަ: 3100.00 ރުފިޔާ.

އެލަވަންސް: 1000.00 ރުފިޔާ އަދި ބަންދު ދުވަހުގެ ފައިސާ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އުޞޫލުން

ކޮންޓްރެކްޓް މުއްދަތު: 2 އަހަރު ދުވަސް

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލްގެ އިދާރާ

 

މަޤާމުގެ އަސާސީ ޝަރުތުތައް:

  • އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުން
  • ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން  އަދި ކައުންސިލުންދައްކާ މަސައްކަތް ކުރެވޭނެ ޤަބިލްކަން ހުރިކަން ސާބިތުކޮށްދިނުން.
  • ކައުންސިލް އިދާރާގެ ނުވަތަ ރ.އަނގޮޅިތީމްގެ އެހެން މުއައްސަސާއެއްގައި ވޮޗަރުކަން ނުވަތަ މަސައްކަތުމީހެއްގެ ވަޒީފާގައި އުޅެ ތަޖްރިބާ ލިބިފައިވުން.
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން ( ހަވީރު 4 އިން ހެނދުނު  8 އަށް (8 ގަޑިއިރުގެ ޝިފްޓްޑިއުޓީ)
  • ދިދަ ނެގުމާއި ދިދަ އެރުވުން
  • ކައުންސިލުން އަންގާ އެހެނިހެން، ހުނަރު ބޭނުންނުވާ ޒާތުގެ މަސައްކަތް ކުރުން
  • ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ބަގީޗާ ހެއްދުމާއި ގަސްކޮށާ ރީތި ކުރުން
  • ކައުންސިލުން އަންގާ ކައުންސިލުގެ އިޙްތިސާސް ހިމެނޭ ތަންތަނުގައި  ސެކިއުރިޓީ ބެލެހެއްޓުމާއި އެތަންތަނުގައި މަސައްކަތް ކުރުން
  • ކައުންސިލުން އަންގާ އެހެނިހެން މަސައްކަތް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

  • ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
  • ލިބިފައިވާ ތަޢްލީމާއި ތަމްރީން 15%
  • މަސައްކަތުގެ ތަޖްރިބާ 30%
  • މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 55%

 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

  • މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފުނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު

 

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތާރީޚް ފަހުން އެންގޭނެއެވެ.

15 ޛުލްގައިދާ 1438 

07 އޮގަސްޓް 2017                                   

 

 

 

                                 

08 އޮގަސްޓް 2017