ދިވެހިރާއްޖެ
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު / ދިވެހިރާއްޖެ ނަންބަރ:GS34/2017/20
އިޢްލާން
ތަކެތި ސަޕްލައި ކޮށްދޭނޭ ފަރާތެއްހޯދުން
މި މަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2017 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2017 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 2017 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
16 ޝައްވާލް 1438
08 އޮގަސްޓް 2017
މުޙަންމަދު ޢިމްރާން
ޕްރިންސިޕަލް