ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-CA/233/2017/8
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 11:58
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ލައިސަންސް ޕްރެކްޓިކަލް އިމްތިޙާނު ދޭނެ އެގްޒަމިނަރުން ހޯދުން

އިޢުލާން

 

މި އިދާރާއިން ދެމުންގެންދާ ކަނޑުގައި ދުއްވާއިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރަކު ބޭނުންވެއްޖެ އެވެ.

ބޭނުންވާ ޢަދަދު:

01

އުޖޫރަ:

ދެއްވާ ކޮންމެ އިމްތިޙާނަކަށް -/50 ރުފިޔާ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން:

އއ.ރަސްދޫ

ޝަރުޠު:

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ތިރީގައި އެވާ ކެޓަގަރީތަކުގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން؛

 

ކެޓަގަރީ

ތަފްޞީލް

  1. A.      

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށް ވުރެދަށް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. B.     

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރުން ފެށިގެންމަތީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. C.     

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ މަޑުން ދުވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް.

  1. D.     

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެ ބާރަށް ދުވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮފީ (މުއްދަތު ހަމަނުވާ)
  3. ވަނަވަރު (ސީވީ)

އެދެންވީ ގޮތާއި ތަން:

ސިޓީއަކުން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް

ސުންގަޑި:

2017 އޮގަސްޓް 20 ވަނަ ދުވަހުގެ 13:00 ގެ ކުރިން

 

އެގްޒަމިނަރަކު ކަނޑައަޅާނެ ގޮތް

މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ  މަޢުލޫމާތު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅައި އެ އޮތޯރިޓީން އެޕްރޫވްކޮށްދެއްވާ ބޭފުޅަކާއެކު އެއްއަހަރު ދުވަހަށް އެގްރީމެންޓް ކުރެވޭނެ އެވެ.

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 އޮގަސްޓް 2017