ދިވެހިރާއްޖެ
ނަންބަރ:(IUL)241-B/241/2017/20 /
އިޢުލާން
މިއަތޮޅު އެތެރެވަރީގެ ބައެއް ފަރުތަކުގައި ޖަހާނެ 09 ފަރުބައްތި ގަތުމާއި ބެހޭ
މިއިދާރާގެ ނަންބަރ(IUL)241-A/241/2017/14:(23-17-2017) ގެ އިޢުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ރަގަޅުނޫން ކަމަށް ފެންނާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިއަތޮޅު އެތެރެވަރީގެ ބައެއް ފަރުތަކުގައި ޖަހާނެ 09 ފަރުބައްތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި 09 ބައްތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރެއްވުމަށްފަހު 17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތަތަކާއި އަދި ގަޑިޖެހިގެން ހާޟިރުވާ ފާރާތްތަކަށް މައުލޫމާތު ދިނުމާއި އަދި އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކުންނާއި ކުންފުނި ތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުވޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާރކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާރކްސް
- މާލީ ތަނަވަސްކަމަށް ދެވޭ މާރކްސް
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
16 ޒުލްޤައިދާ 1438
08 އޮގަސްޓް 2017