ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)426-AA/426/2017/121
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 17 އޮގަސްޓް 2017 11:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް 2 ވެހިކަލް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން

ކައުންސިލް އިދާރާއަށް 2 ވެހިކަލް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް

 

މި އިދާރާއަށް މިދަންނަވާ މަޢުލޫމާތުގެ 2 ވެހިކަލް ސަޕްލައިކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މަޢުލޫމާތު ދެވިފައިވާ ގޮތަށް އަންދާސީހިސާބު ހުށާހެޅުއްވުން އެދެމެވެ.  

ގަންނަން ބޭނުންވާ ތަކެތި:

1

ވޭން (ޖަޕާން ރީކަންޑިޝަން)

ބާވަތް: ޕެސެންޖަރ ވޭން

ސީޓިންގ ކެޕޭސިޓީ: 8 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެން، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެކުލައެއްވެސް ރަނގަޅު

މައިލޭޖް: 30000km އިން ދަށް

ޕަވަރ ސްޓީރިންގ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކަންޑިޝަން ބަރާބަރު އެއްޗަކަށް ވާންވާނެ.

1

ކާރު (ޖަޕާން ރީކަންޑިޝަން)

ބާވަތް: ލަގްޒަރީ ކާރު

ސީޓިންގ ކެޕޭސިޓީ: 4 ސީޓް

ކުލަ: ބޭރުގައި ކުރެހުމާއި ލިޔުންތައް ނެން، އޮފީސްތަކުގައި ޢާންމުކޮށް ބޭނުންކުރަން ކަމުދާނެ ކޮންމެކުލައެއްވެސް ރަނގަޅު

މައިލޭޖް: 30000km އިން ދަށް

ޕަވަރ ސްޓީރިންގ، ރައިޓްހޭންޑް ޑްރައިވް، އަދި އެއާރކަންޑިޝަން ބަރާބަރު އެއްޗަކަށް ވާންވާނެ.

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން:

1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް

2. އެސްޓިމޭޓް/ ކޯޓޭޝަން

3. ޕްރޮފައިލް

4. ވޮރަންޓީ ލެޓަރ

5. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން

6. ތަޖުރިބާ ބަޔާންކުރާ ލިޔުން

7. މާލީ ތަނަވަސްކަން ބަޔާންކޮށްދޭ ލިޔުން

8. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ

9. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

60%

އެންމެކުޑަ އަގު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު :

10%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

3

މާލީ ޤާބިލުކަން :

15%

މަޢުލޫމާތުކަރުދާހުގެ 06 ވަނަ ނަންބަރުގެ 05 ގައިވާ ބުނެފައިވާ ލިޔުންތަކުގެ ތެރެއިން ހުށަހަޅާ ލިޔުންތަކަށް ބަލާފައި 

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 1 ލައްކައިން ދަށްނަމަ، 5 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 1 ލައްކައިން 2 ލައްކައާއިހަމައަށް 10 މާކްސް

- ހުށަހަޅާ ލިޔުމުގައިވާ ފައިސާގެމިންވަރު 2 ލައްކައިން މަތިނަމަ 15 މާކްސް

4

ތަޖުރިބާ :

5%

06 ވަނަ ނަންބަރުގެ 8 ގައިވާ ލިޔުން (މިބަޔަށް މާކްސް ދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ.)

- ސަޕްލައިކުރި ވެހިކަލްގެ ޢަދަދު 5 އިން ދަށްނަމަ ކޮންމެ ވެހިކަލަކަށް 1 މާކްސް

- މިޢަދަދު 5 އަށްވުރެ އިތުރުވާނަމަ ޖުމްލަ 5 މާކްސް

5

ވެހިކަލްގެ ކަންޑިޝަން:

 

10%

 

 

އުފެއްދިފަހުން ވީމުއްދަތަށް (އެންމެ ކުރު މުއްދަތަށް އެންމެގިނަ މާކްސްލިބޭގޮތަށް)    5 މާކްސް

މައިލޭޖް (އެންމެ ދަށްޢަދަދަށް އެންމެގިނަ މާކްސް ލިބޭގޮތަށް)      5 މާކްސް

 

ބީލަން ހުށަހެޅުމާއި ބަލައިގަތުން:

(ހ) މި އިޢުލާނާއިގުޅޭ އިތުރު ތަފުޞީލުތައް ހިމެނޭ މަޢުލޫމާތުކަރުދާހާއި ބިޑްފޯމް މި އިދާރާގެ ވެބްސައިޓް http://www.adducity.gov.mv/downloads އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.  ބީލަން ހުށަހަޅާއިރު މަޢުލޫމާތު ކަރުދާހާއި ބިޑުފޯމު ބީލަން ޑޮކިއުމަންޓް ތަކާއިއެކު ހުށަހަޅަންވާނެ އެވެ.

(ށ) ބީލަން ހުޅުވާނީ ނުވަތަ ބަލައިގަންނާނީ އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑީގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.

(ނ) ބިޑު ފޯމު ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ހުޅުވުމަށް ކަނޑައަޅާފައިވާ  ވަގުތަށްވުރެ ފަހުން ލިބޭ ބީލަންތައްވެސް ބަލައެއް ނުގަނެވޭނެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

15 ޛުލްޤަޢިދާ 1438

07 އޮގަސްޓް 2017