ދިވެހިރާއްޖެ
މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި އިޢުލާން ނަންބަރު: K5C-A/2017/09 (12 ޖުލައި 2017) އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތުޝީޓްގައި ޕޮއިންޓް ދޭނެ ގޮތުގެ ޕަސެންޓޭޖް، މިހާރު އަމަލުކުރަމުންދާ މަޢުލޫމާތު ޝީޓާއި ދިމާނުވާތީ އެ އިޢުލާނާއި ގުޅިގެން ހުށަހެޅި އެސްޓިމޭޓްތައް ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހު 10:30 އަށް މިކޯޓަށް ނުވަތަ މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ، 2017 ޖުލައި 16 ވާ ބުދަ ދުވަހު 10:30 އަށް މިކޯޓަށް ނުވަތަ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.