ދިވެހިރާއްޖެ
ނަންބަރު: IUL)459-A/1/2017/148)
އިޢުލާން
މި މިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމަށް ހޯލް އަދި ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 13 ވާ އާދީއްތަ ދުވަހު 09:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2017 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
15 ޛުލްޤަޢިދާ 1438
07 އޮގަސްޓް 2017