ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2017/46
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 14 އޮގަސްޓް 2017 14:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2017/46   

ތާރީޚް: 06 އޮގަސްޓް 2017

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް: އެމް.އެސް 1

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %20

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS 4  ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

 

  • ކ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބްލް ޝޫޓް ކުރުން.
  • ކ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފޯނުގެ ޒަރިއްޔާއިން އަ.އި.ޓީ އާއިގުޅޭގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • ކ.ޖުޑީޝަލްދާއިރާގެ  މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.

 

 

  • ކ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުން ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް އެ މެނޭޖްކޮށް ބެލެހެއްޓުން.
  • ނެޓްވާރކްގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކާމާއިއެކު ބެލެހެއްޓުން.
  • ކ.ޖުޑީޝަލްދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެންހުންނާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން.
  • ކ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މެމްސް ގާއިމުކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، މެމްސް ގާއިމު ކުރެވިފައިވާ ކޯޓުތަކުގައި ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2017 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ  14:30ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

މަޤަމަށް މީހަކު ހޮވުމުގައި އިސްކަންދޭނެކަންތައް.

  • އަތޮޅުގެ ކޯޓްތަކަށް ދަތުރުކުރަން ޖެހިއްޖެނަމަ ދަތުރުކުރެވޭނެފަދަ ޞިއްޚަތެއްގައި ހުރިފަރާތަކަށް ވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް ވުން.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·        މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:  3006281 / 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
07 އޮގަސްޓް 2017