ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)383/383/2017/58
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 15 އޮގަސްޓް 2017 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބައްތި ހޯދުން

ވިލުފުށީ ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ ހޮޅިބުރިތައް ބަނދަރު ލައިޓަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2017 އޯގަސްޓް 15 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ކެނޑުން 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ.                      

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ސައްހަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

07 އޮގަސްޓް 2017