ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2017/131
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 14 އޮގަސްޓް 2017 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް

މުސާރަ:

މަހަކު 5,956/80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552/92 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  • މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  • ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު،  މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސްޕައިން ޕޮއިންޓް 18) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 (ސްޕައިން ޕޮއިންޓް 10) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  • ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
  • 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން. ނުވަތަ،
  • މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފެކަލްޓީގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުމާއި، އަދި ހަމަޖެހިފައިވާ ތާވަލާ އެގޮތަށް އޮފީސް ހުޅުވުމާއި، އަދި އޮފީސް ލެއްޕުން.
  2. ޑިއުޓީ އުސޫލުން ރަސްމީގަޑި ފިޔަވާ އިތުރުގަޑިތަކުގައި ނިކުމެ މަސައްކަތުގައި ހޭދަކުރުން.
  3. އިދާރީ މުއައްޒަފަކު ސަލާމް ބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ފެކަލްޓީއިން ހަމަޖައްސަވާ އުސޫލެއްގެ މަތީން އެމުއައްޒަފުއާއި ހަވާލުކުރެވިފައިވާ މަސައްކަތްތަށް ކުރުން.
  4. ލެކްޗަރާއިން ދަރިވަރުންނަށް އަންގަވާ އެންގެވުން ތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑްގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކްލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗާތަށް ބޭވޭނެ އިންތިޒާމް ހަމަޖައްސަވައި، އެކަން ދަރިވަރުންނަށް އެންގުން
  5. ކޮންމެމަހަކު އެމަހެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތަށްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީތަށް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  6. ކޯސްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭސިޓީތަކާއި، ލިޔުންތަށްލިޔެ އަންގަންޖެހޭ އެންގުންތަށް އެންގުން.
  7. އެކަޑަމިކް ޑިޕާޓްމެންޓްތަކުން ތަންތަނަށް ފޮނުވަންޖެހޭ ފެކްސް ، ސިޓީ، އީމެއިލް މިފަދަތަކެތި ހަވާލް ކުރާތާ މަސައްކަތު އެއްދުވަސްތެރޭ ފޮނުވަންޖެހޭފަރާތަށް ފޮނުވުމާއި ކުރަންހަވާލްކުރެވޭ ފޯންކޯލްތައް ކުރުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
  8. ދަރިވަރުންގެ ކަންތަށްތަކަށް އެކަޑަމިކް ޑިޕާޓްމެންޓްތަކުން ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  9. ފެކަލްޓީއަށް ބޭނުންވާ ޚިދުމަތާއި ތަކެތިކޯދުމަށާއި މަރާމާތްތައް ކުރުމަށް އިޢުލާން ކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ބެލެހެއްޓުން.
  10. އޭ.އާރު.ސީ. ކޮމެޓީ މީޓިންތަކުގެ ޔައުމިއްޔާ މީޓިންބޭވޭތާ މަސައްކަތުގެ ދެދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
  11. ކައުންޓަރ ބެލެހެއްޓުން.
  12. ފެކަލްޓީގެ ރަސްމީ ފޯނަށް ޖަވާބުދިނުން.
  13. ފެކަލްޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޕްރޫވްކޮށް ބެލެހެއްޓުން. 
  14. ދަރިވަރުންގެ އެސައިންމަންޓްސް ތައް ދަރިވަރުންގެ އަތުން ބަލައިގަތުމާއި، އެތަކެތި  ލެކްޗަރަރުންނާއި ހަވާލުކޮށް އެސައިންމަންޓްސްގެ އެންމެހާކަންތައް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 އޮގަސްޓު 14 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނަށެވެ.
07 އޮގަސްޓް 2017