ދިވެހިރާއްޖެ
އިޢުލާން
ރޯޝަނީ ބިލްޑިންގ ގެ ގްރައުންޑް ފްލޯރ ގަރާޖްގެ ރޯލާރޝަޓަރ ގޭޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް 19 ޖުލައި 2017 ގައި ކުރެވުނު ނަންބަރު IUL 23-AP/23/2017/124 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ 3 ފަރާތުގެ ތެރެއިން 1 ފަރާތުގެ އަންދާސީ ހިސާބު ބާޠިލްވެ ވާދަކުރާނެ 3 ފަރާތް ނެތުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 އޯގަސްޓް 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
15 ޛުލްޤައިދާ 1438