ކުއްޔަށް ދިނުން
ނަންބަރު: MREIC/IU/2017/0016
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 16:52
ސުންގަޑި: 17 އޮގަސްޓް 2017 13:30
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އއ. އުކުޅަސް ފެރީ ޓާރމިނަލްގެ ގޯތިތެރޭގައި ކެފޭ/ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން)

ނަންބަރު:MREIC/IU/2017/0016 

 

ކުއްޔަށް ދޫކުރުން

 

އއ. އުކުޅަސް ފެރީ ޓާރމިނަލްގެ ގޯތިތެރޭގައި ކެފޭ/ރެސްޓޯރެންޓެއް  ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން):

 

އއ. އުކުޅަސް ފެރީ ޓާރމިނަލް އާއި ގުޅިފައިވާ 3241.01 އަކަފޫޓު ޖާގަ ކުއްޔަށް ދޫކުރުމަށް 2017 ޖުލައި 06 ގައި ކުރި އިއުލާނާ (MREIC/IU2017/0013) ގުޅިގެން އެކަށީގެންވާމިންވަރަށް ތަރުހީބުލިބިފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

 

އެމް.ޓީ.ސީ.ސީ ގެ  އއ.އުކުޅަސް ފެރީ ޓަރމިނަލް ގޯތިތެރޭގައި ކެފޭ/ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޯގަސްޓް 10 ވާ ބުރާސްފަތި ދުވަހު ގެ ކުރިން، އއ.އުކުޅަސް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމުން، މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

 

އަންދާސީހިސާބު ހުށައެޅުން އޮންނާނީ 2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހު 13:30 ގައި އއ.އުކުޅަސް ކައުންސިލްގެ އިދާރައިގައެވެ.

އަންދާސީހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާނީ އއ.އުކުޅަސް ކައުންސިލް އިދާރާއަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށައަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

14 ދުލްޤައިދާ 1438

06 އޯގަސްޓް 2017

06 އޮގަސްޓް 2017