ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2017/079
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް 3 ލޭންޑިންގ ކްރާފްޓް ކުއްޔަ ދޫކުރާނެ ފަރާތެއް ހޯދުން
2017 ޖުލައި 06 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިން 03 ލޭންޑީންގ ކްރާފްޓް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނައި (ނަންބަރ WAMCO-LOG/IUL/2017/75) ގުޅިގެން، 19 ޖުލައި 2017 ވި ބުދަ ދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ހުށަހަޅުއްވާފައިވާ ބީލަންތަކުގެ ތެރެއިން ކުއްޔަށްހިފުމަށް އިއުލާން ކުރެވިފައިވާ އަދަދަށް ލޭންޑިންގ ކްރާފްޓް ކޮލިފައިވެފައި ނުވާތީ (ނަންބަރ WAMCO-LOG/IUL/2017/75) ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.
- ލޭންޑިންގ ކްރާފްޓް (350 ޓަނަށްވުރެ ކުޑަނޫން)
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
09 އޮގަސްޓް 2017 (ބުދަ) |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
16 އޮގަސްޓް 2017 (ބުދަ) |
10:00 (ހެނދުނު) |
2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3000581 ، ފެކްސް ނަންބަރު: 3000584
14 ޒުލްޤައިދާ 1438
06 އޯގަސްޓު 2017