މަސައްކަތް
ނަންބަރު: (IUL)438-WS/438/2017/165
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 13 އޮގަސްޓް 2017 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގއ. މާމެންދޫގެ ނަރުދަމާ ނިޒާމްގެ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ގއ. މާމެންދޫގެ ނަރުދަމާ ނިޒާމްގެ އަސަރު ތިމާވެއްޓަށް ފޯރާނެ މިންވަރު ބަޔާންކުރާ ( އީ.އައި.އޭ ) ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ޖުލައި 2017 ގައި ނަންބަރު IUL)438-WS/438/2017/142) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާހަގަކޮށްފައި ނުވާތީވެ އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ތެރޭގައި އީ.އައި.އޭ ސްކޯޕިންގ އަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީ.އައި.އޭ ސްކޯޕިންގ މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިއާއައްކޮށް ސާރވޭމަސައްކަތްތައް ކުރުމާއި، އީ.އައި.އޭ ތައްޔާރުކުރުމާއި، އީ.އައި.އޭ ރިވިއުއަރސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދާރީވުން ހިމެނެއެވެ.

އީ.އައި.އޭ ރިޕޯޓް ތައްޔާކުރަންވާނީ އެންވަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއން ތަންފީޒުކުރުމުންދާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012 އެއްގޮތަށެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

06 އޮގަސްޓް 2017