ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މިއިދާރާއަށް މަސައްކަތު މީހެއް ނެގުމަށް ކުރެވުނު ނަންބަރު: (IUL)335-AS/335/2017/60 ( 21 ޖޫން 2017 ) އިޢުލާންގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ހީވާގި ޤާބިލް މީހުންނެވެ.
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: J-229319
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
ރޭންކް: އެސް އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މަޤާމު އޮތް އޮފީސް: ހިންމަފުށީ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: ހިންމަފުށީ ކައުންސިލް އިދާރާ
މުސާރަ: -/3100 ރުފިޔާ (މަހަކު)
ސަރވިސް އެލެވަންސް: -/1000 ރުފިޔާ (މަހަކު)
މަޤާމް ޝަރުތުތައް: ލިޔަންކިޔަން ދަތުމާއިއެކު، މަޤާމް މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކޮންމެ ދުވަހަކު ގޯތިތެރެއާއި ވަށާމަގު ކުނިކަހާ، ސާފުކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
- ކޮންމެ ދުވަހަކު ފާހަނާތައް ސާފުކުރުން
- ކައުންސިލުން އާންމުކުރަންޖެހޭ ލިޔުންތައް އާންމު ކުރުމަށް ނޯޓިސްބޯރޑްތަކުގައި ހިއްޕުން.
- ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ ފަންކާތަކާއި، ދޮރުތައް ފޮހެ ސާފްކުރުން.
- ކައުންސިލް އިދާރާގެ މީޓިން ރޫމް ސާފްކޮށް ބެލެހެއްޓުން
- ކޮންމެދުވަހަކު ޑަސްބިންތައް ސާފުކުރުން
- އެކި އެކި އިދާރާތާކާއި ތަންތަނަށް ރައްދުކުރަންޖެހޭ ލިޔުންތައް ރައްދުކުރުން.
- ކޮންމެ ދުވަހަކު ކައުންސިލް މެސްހޯލާއި ގުދަންތެރެ ސާފްކޮށް ތަރުތީބު ކުރުން.
- މީޓިން ހޯލްގައި ބާއްވާ ބައްދަލުވުންތަކަށް މީޓިން ހޯލްތައްޔާރު ކުރުމާއި،އެކަމައި ބެހޭ އިންތިޒާމްތައް ހަމަޖެއްސުން.
- އިދާރާއަށް ހާޟިރުކުރަންޖެހޭ މީހުންނަށް ޗިޓްރައްދުކުރުން.
- މީގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން
- އިންޞާފުވެރިކަމާއި، ތެދުވެރިކަމާއެކު، ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ މަތީގައިވާ މަސައްކަތްތައްކުރުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
(ހ) ތަޢުލީމާއި ތަމްރީން
(ށ) މަސައްކަތުގެ ތަޖުރިބާ
(ނ) މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:
(ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ ކ. ހިންމަފުށި ކައުންސިލް އިދާރާ ގައެވެ.
(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ކުރެއްވުމަށްފަހު 15 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ހިންމަފުށީ ކައުންސިލް އިދާރާ އަށް
އިތުރު އިނާޔަތްތައް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްއިދާރާއިން )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
- ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި،ޙާޟިރީ އަދި މަސައްކަތުގެ އުޅުމާއި، އަޚްލާޤް ހުރިގޮތް ބަޔާންކުރާފޯމް"
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected])) އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.