މަސައްކަތް
ނަންބަރު: MWSC-A/7/ADV/2017/089
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 10 އޮގަސްޓް 2017 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ހިންގައި ބެލެހެއްޓުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މާލެ ވެސްޓް ކޯސްޓް ބީޗް ޕެވިލިއަން ހިންގައި ބަލަހައްޓައި ދޭނެ  ފަރާތެއް  ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 2500.00ރ އެވެ.ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 06 އޯގަސްޓު 2017 އިން 10 އޯގަސްޓު 2017  އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 13 އޯގަސްޓު 2017 އިން 14 އޯގަސްޓު 2017 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                           

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޯގަސްޓު 2017 ވާ އާދިއްތަ ދުވަހު ހެނދުނު 11:30 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 21 އޯގަސްޓު 2017 ވާ ހޯމަ ދުވަހު 14:30 ގައި އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ) ގައެވެ.ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/50000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި -/250000 ރުފިޔާ ބިޑް އެވޯރޑްކުރެވޭތާ 5 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

06 އޮގަސްޓް 2017