ވަޒީފާގެ ފުރުޞަތު
ނަންބަރު: GS106/2017/IU/33
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 10 އޮގަސްޓް 2017 00:00
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މަސައްކަތު

`

 

މާއުނގުދޫ ސްކޫލް
ށ.މާއުނގޫދޫ،ދިވެހިރާއްޖެ

  GS106/2017/IU/33ނަންބަރު:

މަސައްކަތު


 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 2

މަޤާމުގެ ގިންތި:   ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މާއުނގޫދޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ށ.މާއުނގޫދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރީސުކޫލް ދަރިވަރުން ފާޚާނާއަށް ދިއުމުގެ ކަންކަމުގައި އެހީތެރިވުން.
  • ހަމަޖެހިފައިވާ އުސޫލުން މަދަރުސާގެ ގޯތިތެރެއާއި، މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.
  • ކުލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ފަރުނީޗަރުތައް ހިރަފުސްފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ކިޔެވުން ނިމުމުން، ކުލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑުދޮރު ލައްޕާފައި ބެހެއްޓުން.
  • ހަވާލުކުރެވިފައިވާ ސަރަހައްދުގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން:

  • ސްކޫލުގައި ހުންނަ އެހެނިހެން އިމާރާތްތަކުގެ ތެރެއިން ސްކޫލުން ހަވާލުކުރާ އިމާރާތްތަކާއި، އެ އިމާރާތުގައިވާ ފަރުނީޗަރުތައް ފޮޅައި ސާކުރުން.
  • ސްކޫލުގެ ފާޚާނާ އިމާރާތް ސާފުކޮށް ބެލެހެއްޓުމާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ސްކޫލުގެ އިދާރާއަށް އެކަން އަންގައި ރަނގަޅުކުރުން.

ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން:

- ސްކޫލުގެ އިދާރީ މުވައްޒަފުންނާއި، މުދައްރިސުން، ސްކޫލާ ގުޅުންހުރި ކަމެއް ކޮށްދިނުމަށް އެދިއްޖެނަމަ އެދުނުކަމެއް ކޮށްދިނުން.

އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން:

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ހާލަތެއްގައި އެކަމެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި، މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން.

މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން:

- ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ، ކުރިޔާލައި އެކަން ސުޕަވައިޒަރަށް އަންގައި، ސުޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.

- ޗުއްޓީއާއި، ސަލާމާއި، އާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

ބަދަލު އިންތިޒާމް:

އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.

އެހެނިހެން މަސައްކަތްތައް:

  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ހާލަތެއްގައި ކޮށުން.
  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ވިނަނޮޅަންޖެހޭ ތަނެއްވާނަމަ ވިނަނޮޅުން.
  • ހަވާލުކުރެވޭ ސަރަހައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކޮށް ފެންނެގުން.
  • ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެންގިއްޖެ ހާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
  • ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
  • ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާ ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.

 މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.
  • މި ވަޒީފާއަށް އަންހެނަކު ނެގުމަށް އިސްކަންދެވޭނެއެވެ.

އިންޓަވިއު ކުރުން:

ހ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، ބޭއްވޭނެ ތަނަކާއި ގަޑި ފޯމް ހުށަހަޅާތާ 7 ދުވަސްތެރޭ އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސުކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 10 އޮގަސްޓް 2017  ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ 6540554 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 ޖުލްޤައިދާ 1438

3 އޮގަސްޓް 2017

 

03 އޮގަސްޓް 2017