ޢާންމު މަޢުލޫމާތު
ނަންބަރު: GS137/2017/IUL04
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 17 އޮގަސްޓް 2017 10:30
ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި ހެލްތު ރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 12 ފޫޓުގެ ޖާގައެއް އިތުރުކުރުން.

ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި ހެލްތު ރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 12 ފޫޓުގެ ޖާގައެއް އިތުރުކުރުން.

 

       ސްކޫލުގެ އޮފީހަށާއި ސްޓާފްރޫމަށް ޖާގަ އިތުރުކުރުމާއި ހެލްތު ރޫމެއްގެ ޖާގަ ހެދުމުގެ ގޮތުން މިހާރު ބޭނުންކުރާ އޮފީހަށް 12 ފޫޓުގެ ޖާގައެއް އިތުރުކުރުމަށް ބޭނުންވެއެވެ.

     ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް  ފުޅަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް

17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް 6600013 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު  ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

 

03 އޮގަސްޓް 2017