ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2017/93
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 13 އޮގަސްޓް 2017 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިންޖިނިއަރިންގ ޓެކްނީޝަން

މަޤާމް :އިންޖިނިއަރިންގ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

 

މަޤާމު: އިންޖިނިއަރިންގ ޓެކްނީޝަން

މުސާރަ  އާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

ރޭންކް

TP9

ބޭނުންވާ ޢަދަދު

01

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ ޑިޕާޓްމަންޓް

މަޤާމުގެ ޝަރުތު:

ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެ ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީއަށް އައުމަށްފަހު ލޮގްފޮތްކިޔައި ޑިއުޓީއާއިހަވާލުވެ ޑިއުޓީލޮގްފޮތުގައި ސޮއިކުރުން.
  • ޝޫޓިންގތަކަށް އަދި ލައިވްތަކަށް އިކްއިޕްމަންޓްސް ދޫކުރުން
  • ޔުނިޓުން ދޫކުރާ ކޮންސިއުމަބަލް އައިޓަމްސް (ލައިޓް ޓިއުބް، އަލްކަލއިން ބެޓެރި ފަދަތަކެތި) ހަމައަށް ހުރިތޯބަލާ ހުސްވެފައިވާނަމަ ސްޓޮކާއި ހަވާލުވެހުރި ފަރާތާގުޅިގެން އެ ތަކެތި ހަމަކުރުން.
  • ސްޓޭޝަނުން ޓްރާންސްމީޓަރ ހުރިހާ މީޑިއަމްއެއްގެ އޯފް އެއަރ މޮނިޓަރކުރުން.
  • ޓީވީ އިންޖިނިއަރިންގ ގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފެސިލިޓީ އެއްގެ ތަޅުދަނޑި މެނޭޖްކުރުން
  • އެއްވެސް ޓެކްނިކަލް ފެސިލިޓީއެއްގައި ނުވަތަ އިކުއިޕްމަންޓެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • ސްޓޭޝަންގެ ހުރިހާ އިމާރާތެއްގައި ކަރަންޓުގެ މައްސަލައެއް ފާހަގަ ވެއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • ބްރޯޑްކާސްޓް ފެސިލިޓީއެއްގެ އެއަރކަންޑިޝަންގެ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • އިންޖިނިއަރިންގ އާއި ގުޅުންހުރިކަމެއްގެ ޝަކުވާއެއް ފޯނު މެދުވެރިކޮށް ލިބިއްޖެނަމަ، އެ ފަރާތަކާއި އަދަބުވެރިކަމާއިއެކު މުޢާމަލާތްކޮށް، އެ ޝަކުވާ ޝިފްޓު ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
  • ޓަވަރަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން (މިސާލަކަށް މައިކްރޯވޭވް ލިންކު ސެޓްކުރުން، ޓްރާންސްމިޝަން ޔުނިޓްގެ އިރުޝާދުގެ ދަށުން ޓަވަރު މެއިންޓެއިންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން).
  • ސްޓޭޝަނުން ބޭރުން ގެނެސްދެވޭ ލައިވް އިވެންޓުތައް ސްޓޭޝަނާހަމައަށް ފޯރުކޮށްދިނުމަށް ޤާޢިމްކުރަންޖެހޭ އޯޑިއޯ ވީޑިއޯ ލިންކު ޤާޢިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި ލިންކު ޤާޢިމްކުރުމަށްފަހު މާސްޓަރ ކޮންޓްރޯލް ރޫމަށް އޯޑިއޯ ވީޑިއޯ ސިގްނަލް ޓެސްޓުކުރުން.
  • ސްޓޭޝަން ތެރޭގައި އޯޑިއޯ ވީޑިއޯ ރައުޓްކުރަންޖެހޭ ތަންތަނަށް ބޭނުންވާ ގަޑިތަކަށް ރައުޓްކުރުން.
  • ސުޕަވައިޒަރުގެ ލަފާގެދަށުން، މަދުވެގެން މަހަކު އެއްފަހަރު ހުރިހާ ފައިބަރ ޕޮއިންޓުތަކެއް ޗެކްކުރުން.
  • ސުޕަވައިޒަރުން ހަވާލުކުރާ ފެސިލިޓީސްތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ޗެކްކޮށް ސާފުކުރުމަށްފަހު އިކުއިޕްމަންޓު، ކަރަންޓު އަދި އެއަރކަންޑިޝަންގެ ހާލަތު ލޮގްކުރުން.
  • މަދުވެގެން ހަފްތާއަކު އެއްފަހަރު ޝޫޓިންގ އިކުއިޕްމަންޓް ރޫމުގައި ހުރި އިކުއިޕްމަންޓްސް ޗެކްކޮށް ސާފުކުރުމަށްފަހު އިކުއިޕްމަންޓްރޫމްގެ ފައިނަލް ލިސްޓާއި އަޅާކިޔާ ޓެލީކުރުން. އަދި އިކުއިޕްމަންޓެއް މަދުވާކަމަށް ފާހަގަވެއްޖެނަމަ، އެކަން ޝިފްޓް ސުޕަވައިޒަރަށް އެންގުމަށްފަހު، ޓްރެކްކުރުން. ޓްރެކްކުރުމަށްފަހުވެސް ނުފެނިއްޖެނަމަ އިންޖިނިއަރިންގ ހިންގުމާއި ހަވާލުވެ ހުރި ފަރާތަށް ރިޕޯރޓްކުރުން. އަދި މައްސަލަ ޖެހިފައި ހުރި އިކުއިޕްމަންޓެއް ހުރިކަން ފާހަގަ ކުރެވޭނަމަ، އެ އެއްޗެއް ރިޕެއަރ ޔުނިޓާއި ހަވާލުކުރުން، މައްސަލަ ޖެހިފައިހުރި ކޭބަލެއް ހުރިކަން ފާހަގަކުރެވޭނަމަ އެ ކޭބަލެއް ރަނގަޅުކުރުން.
  • ސެޓެލައިޓް ޑައުންލިންކަށް ބޭނުންކުރާ އެންމެހާ އިކުއިޕްމަންޓްތައް ދުވަހުން ދުވަހަށް ޗެކްކުރުން.
  • ސްޓޭޝަންގައި ބޭނުންކުރާ އެންމެހާ ޓްރާންސްމިޓަރތައް ދުވަހުން ދުވަހަށް ބެލެހެއްޓުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.
  • އިންފޮރމޭޝަން ކޮމިއުނިކޭޝަންގެ ދާއިރާގައި މަސައްކަތް ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 އޯގަސްޓް 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ.

 

                           11 ޛުލްޤައިދާ 1438

                           03 އޯގަސްޓް 2017

 

 

03 އޮގަސްޓް 2017