ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީއަށް 04 ކޮމްޕިއުޓަރ ސިސްޓަމް ގަންނަންބޭނުންވެގެން 16 ޖުލައި 2017 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)431-AHP/1/2017/10 ޢުލާނާއި ގުޅިގެން 02 ކޮމްޕިއުޓަރ ސިސްޓަމަށް ބޭނުންވާ ފެންވަރުގެ ޕްރޮޕޯސަލް ލިބިފައިނުވާތީ، މިކަމަށް އަލުން ފުރުސަރު ހުޅުވާލަމެވެ.
ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮގަސްޓް 2017 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮގަސްޓް 2017 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިއޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި 08 އޮގަސްޓް 2017 ވަނަ ދުވަހުގެ 11:00 ގެ ފަހުން މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4259-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
11 ޛުލްޤަޢިދާ 1438ހ.
03 އޮގަސްޓް 2017މ.