ދިވެހިރާއްޖެ
ނަންބަރު: IUL)202-A/1/2017/76)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީއިން ބޭނުންވެގެން މާލެ އަތޮޅު މާހަލު ގައި، 12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތި އަމިއްލަތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 09 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
11 ޒުލްޤައިދާ 1438
2 އޮގަސްޓް 2017