މަސައްކަތް
ނަންބަރު: GS123/EST/IUL/2017/14
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 13 އޮގަސްޓް 2017 10:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުން ވެއްޖެ

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/EST/IUL/2017/14

 

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ކައުންސިލް އިދާރާއިން ފެށިގެން މި ސްކޫލަށް މަގުމަތި ކޮނެގެން ނަރެއް ވަޅުލަން ބޭނުން ވެއެވެ. ވިމާ،މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސްކޫލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުފުރިހަމަ ކުރުމަށްފަހު ،ސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ނަރު ވަޅުލުމަށް ހުށަހަޅާ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

      މި މަސައްކަތަށް މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ،ޙާޒިރު ނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

      މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ،  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

2017 އޯގަސްޓް 8 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް

2017 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

    މަޢުލޫމާތު ސާފުކުރުމަށް ޙާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި،  އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.

 

     މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

     10 ޛުލްޤަޢިދާ 1438

     2  އޯގަސްޓް 2017

                              

 

 

 

                                                               

02 އޮގަސްޓް 2017