ދިވެހިރާއްޖެ
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
GIL/IUL/2017/217ނަންބަރު:
ތާރީޚް: 02 އޮގަސްޓް 2017
އިޢުލާން
ގުޅިފަޅުގެ 6 ޕްލޮޓެއްގައި ހުރި ގައުތަކާއި ބާ ދަގަނޑުތައް ނަގާ އެ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން
ގުޅިފަޅުގެ 6 ޕްލޮޓެއްގައިވާ (H105, H106, H107, H108, H109, H110) ގައުތަކާއި ދަނގަޑުތަށް ނަގާ އެ ސަރަހައްދު ސާފުކޮށްދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 10 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 10:00 އަށް މިކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކުންފުނީގެ ހެޑް އޮފީހުގައެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލު ވުމުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3016630 އަށެވެ. އޮފީސް ހުޅުވިފައި ހުންނާނީ އާދިއްތަ އިން ބުރާސްފަތި ދުވަހުގެ 8:00 އިން 16:00 އަށެވެ.
ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް
ހ. ހުޅުގަލި، 4 ވަނަ ފަންގިފިލާ
ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3016630
ފެކްސް: 3016632
އީމެއިލް: [email protected]