މަސައްކަތް
ނަންބަރު: (IUL)438-ENV/438/2017/161
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2017
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 13 އޮގަސްޓް 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

 

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ތައްޔާރުކޮށް އެކުލަވާލައިފައިވާ 'ނޭޝަނަލް އިމްޕްލިމެންޓޭޝަން' ޕްލޭން ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ. ވީމާ، މި ޙިދުމަތް ފޯރުކޮށް ދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. 

 

މި ފޮތް ޕްރިންޓްކުރެވެންވީ ގޮތާއި ބެހޭ މަޢުލޫމާތު ހިމެނޭ 'ޓާރމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

 

ހުށަހަޅަންވީ ތަކެތި:

 

  • މަސައްކަތުގެ އަގު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފްޞީލު
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)

 

  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

 

ބީލަން ހުޅުވުން

 

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި 'ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން' ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ' ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޕްރޮކިޔުމަންޓް ޔުނިޓް،

 

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

 

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

 

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

 

އީމެއިލް: [email protected]

 

ވެބްސައިޓް: www.environment.gov.mv

 

 

02 އޮގަސްޓް 2017